ޕްރޮފެސަރ ޙަސަން އުގެއިލް
ޕްރޮފެސަރ ޙަސަން އުގެއިލް
ޤައުމާމެދު ވިސްނުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށް ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އާންމުކުރެއްވި މެސެޖެއްގައި ވާހަކަފުޅު ދައްކަވަމުން ޕްރޮފެސަރ އުގެއިލް ވިދާޅުވީ، ޤައުމުތައް ދެމި އޮންނަނީ ރައްޔިތުންގެ މެދުގައި އަށަގަންނުވާ ހަރުރަނާ ސިފަތަކުގެ މަތީގައި ކަމަށާއި، އެހެންކަމުން މިފަދަ ދުވަސްތަކުގައި އެކަކު އަނެކަކަށް ހެޔޮ އެދުމުގެ ޝުޢޫރުތައް ފާޅު ކުރުމަކީ މުޖުތަމަޢުގައި ލޯބި އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.

އުގެއިލް ވިދާޅުވީ، ޤައުމާމެދު ވިސްނުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށާއި، އަދި އެއީ ކޮންމެ ރައްޔިތަކަށްމެ އޮތް ޙައްޤެއް ކަމަށެވެ. ދިވެހިންނަކީ އެމީހުންގެ ލޯބިވާ ފަސްގަނޑާމެދު ވިސްނާ، އެ ފަސްގަނޑުގެ އަގު ވަޒަންކުރާ ބައެއް ކަމަށް އުގެއިލް ވިދާޅުވިއެވެ.

"ދިވެހިން ދިވެހިންގެ މިނިވަންކަން ދިފާޢުކުރޭ. ދިވެހިން ދިވެހިންގެ ޤައުމު ބިނާކުރޭ. ދުނިޔޭގެ ފެންވަރުގައި ދިވެހިންނަކީ ކާމިޔާބީތަކެއް ހޯދާފައިވާ އަދި ހޯދަމުންދާ ތޫނު ބައެއް." އުގެއިލް ވިދާޅުވިއެވެ.

އުގެއިލް ވިދާޅުވީ، މިނިވަންކަން ފެށެނީ ކޮންމެ މީހަކުވެސް އެމީހެއްގެ ކަންކަމާމެދު ވިސްނާ ފިކުރުކުރާ ހިސާބުން ކަމަށާއި، ޤައުމެއްގެ ބަޔަކު ކަންކަމާމެދު ރަނގަޅަށް ވިސްނައި ފިކުރުކުރާނަމަ އެބައެއް ތަހުޒީބުވެ އެއްބައެއްވަންތަ ކަމާއެކު ކުރިއަރައި ދާނެ ކަމަށެވެ.

ގޮތްހުރި ގުޅުންބޮޑު މުޖްތަމަޢެއްގެ މައްޗަށް ނުފޫޒު ފޯރުވަން އެހެން ބާރުތަކަށް ދަތިވާނެކަން ފާހަގަކުރަށްވަމުން އުގެއިލް ވިދާޅުވީ، ދިވެހިންނަށް ތަހުޒީބީ މުޖުތަމަޢުތަކުގެ ރައްޔިތުން ޢަމަލުކުރާ ހުނަރުތައް ލިބިދޭން ޖެހޭ ކަމަށެވެ. އަދި އޭރުން ފެންނާނީ އަމާނާތްތެރި ތެދުވެރި އިޚްލާސްތެރިންކަމަށް އުގެއިލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން