ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއިން އެސްޓްރާޒެނަކާ ސިންގަޕޫރާއެކު ހެދި އެއްބަސްވުމުގެ ދަށުން ގެންނަ 700،000 ޑޯޒް ވެކްސިންގެ ތެރެއިން ޝިޕްމެންޓެއް މިދިޔަ ހަފުތާގައި ލިބިއްޖެއެވެ.

މީގެ ކުރިން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެފައިވަނީ، ރާއްޖެއިން އެސްޓްރާޒެނަކާ ސިންގަޕޫރާއެކު ހެދި އެއްބަސްވުމުގެ ދަށުން ގެންނަ 700،000 ޑޯޒް ވެކްސިންގެ ތެރެއިން 500،000 ޑޯޒް މިމަހުގެ ފަހުކޮޅު ލިބޭނެކަމަށެވެ. ނަމަވެސް ރާއްޖެއަށް މިފަހަރު ލިބުނު ވެކްސިންގެ ޖުމްލަ ޢަދަދު ސާފު ވެފައެއް ނުވެއެވެ. އޭގެ އިތުރުން ރަޝިޔާ އިންވެސް 200،000 ޑޯޒް ވެކްސިން ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދާދިފަހުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ޗައިނާއިންވެސް ރާއްޖެއަށް އިތުރު ހަތަރުލައްކަ ޑޯޒް ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ހެޔޮއެދޭ ފަރާތަކުންވެސް ރާއްޖެއަށް ތިންލައްކަ ޑޯޒް ކޮވިޝީލްޑް ވެކްސިން ވަނީ ހަދިޔާކޮށްފައެވެ.

ޗައިނާއިން ވަނީ، ދިވެހިރާއްޖެއަށް މިދިޔަ މާރިޗު މަހު 200،000 ޑޯޒް ސިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން އިންޑިޔާ ސަރުކާރުން ހަދިޔާކުރި 200،000 ޑޯޒާއި، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ގަތުމަށް އެއްބަސްވި 300،000 ޑޯޒުގެ ތެރެއިން 100،000 ޑޯޒް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ. މީގެއިތުރުން ރާއްޖޭގައި ދެން ޖަހަމުން ގެންދަނީ ފައިޒާ ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން