ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް
ރައީސް ޔާމީނަށް ޙުކުމް އިއްވީ ސަރުކާރުގެ ނުފޫޒުން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމިން މިވަގުތު ހުންނެވީ ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ކަމަށާއި އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ.

ރައީސް މައުމޫނަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ޙުކުމް އިއްވީ ސަރުކާރު ކޯލިޝަންގެ ނުފޫޒުން ކަމަށާއި، ދިވެހި ޤައުމު މި ޙާލަތަށް ވައްޓާލުމަކީ ބޮޑު އިހުމާލެއް ކަމަށެވެ. ޝިޔާމް ވިދާޅުވީ 2023 ގެ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ ކަމަށާއި، ދިވެހިރާއްޖެ މިހާރު ސަލާމަތް ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

"ރައީސް ޔާމީނަށް 2023 ގައި ވާދަ ނުކުރެއްވޭނެ އެއްވެސް ގޮތެއް ދިވެހިން ބަލައިނުގަންނާނެ. އެކަން ކުރާ ބަޔަކު އެވަނީ ޤައުމަށް ޣައްދާރު." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މި މޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ލީޑަރުންނަށް ބޮޑެތި ޙުކުމްތައް އިއްވައި ޖަލުގައި ބަންދު ކޮށްފައެވެ. އޭގެ ތެރޭގައި ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް ހިމެނެއެވެ. ނަމަވެސް ފަހުން، ސުޕްރީމް ކޯޓުން ވަނީ އެބޭފުޅުންނަށް ކުރި ޙުކުމްތައް ބާތިލް ކޮށްފައެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. ދަޢުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިތުރު ދަޢުވާތަކެއްވެސް އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކަދުރު

30-Jul-2021

ރަށްޔިތުން ބޭނުމެއްނުވޭ ކާބޯތަކެތި ކަމުގައިވާ ހަނޑޫ ހަކުރު ފުށް އަގުބޮޑުކޮށް ރަށްޔިތުން ޖަލަށްއަޅަން ޔާމީނުގެ ސަރުކާރެއް ގެންނާކަށް ވަރަށްސާފް



ޓްރެންޑިން