ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
މާދަމާއިން ފެށިގެން ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތެރެއިން ތިން ހަފްތާ ވެފައިވާ މީހުންނަށް ދެވަނަ ޑޯޒް ދޭންފަށާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގައި އީދު ބަންދަށް ވެކްސިން ޕްރޮގްރާމް މެދުކަނޑާލާފައި އޮތް ނަމަވެސް މާދަމާއިން ފެށިގެން ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހެނދުނު 9:00 އިން 11:00 އަށް ހަމައެކަނި ސެނެހިޔާއިންނެވެ.

ދާދިފަހުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ޗައިނާއިން ރާއްޖެއަށް އިތުރު ހަތަރުލައްކަ ޑޯޒް ސިނޯފާމް ވެކްސިން ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ފޯނުން ގުޅުއްވައި ބޭއްވެވި މަޝްވަރާތަކުގައި ޗައިނާގެ ރައީސް ވަނީ ކައިރި މުސްތަޤްބަލެއްގައި ޗައިނާއިން ރާއްޖެއަށް އިތުރު ވެކްސިން ހަދިޔާކުރުމަށް ނިންމަވާފައިވާކަން ހާމަކުރަށްވާފައެވެ. އޭގެ އިތުރުން ޑެޕްޓް ސަރވިސް ސަސްޕެންޝަން އިނީޝިއޭޓިވް (ޑީ.އެސް.އެސް.އައި) އަށް އެހީ ތެރިވެދިނުމަށް ނިންމަވާފައިވާކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއަށް ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށް އެހީއަކަށް ވެގެންދިއުމަށްވެސް އުންމީދުކުރައްވާކަމުގައި ވެސް ޗައިނާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޗައިނާއިން ވަނީ، ދިވެހިރާއްޖެއަށް މިދިޔަ މާރިޗު މަހު 200،000 ޑޯޒް ސިނޯފާމް ވެކްސިން ހަދިޔާ ކޮށްފައެވެ. އޭގެ އިތުރުން އިންޑިޔާ ސަރުކާރުން ހަދިޔާކުރި 200،000 ޑޯޒާއި، އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުން ގަތުމަށް އެއްބަސްވި 300،000 ޑޯޒުގެ ތެރެއިން 100،000 ޑޯޒް މިހާރު ވަނީ ރާއްޖެއަށް ލިބިފައެވެ. މީގެއިތުރުން ރާއްޖޭގައި ދެން ޖަހަމުން ގެންދަނީ ފައިޒާ ވެކްސިނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން