ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ކ) އާއި، އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރު
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ކ) އާއި، އެސްޓީއޯގެ އެމްޑީ ޙުސައިން އަމްރު
ކުރީ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، ބައްޕަގެ ތުނބުޅީގައި ޗިލީ ސޯސް ޖަހާ ތުނބުޅި ބޭލުވި ކަމަށް، ދާދިފަހުން މާލެއިން ބޮޑު އަގުގައި މާލެއިން ގޯއްޗެއް ބައްލަވައިގަންނަވައިގެން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވި އެސްޓީއޯގެ މިހާރުގެ އެމްޑީ ޙުސައިން އަމްރުގެ ވިދާޅުވެއްޖެއެވެ.

ހަދަމުންދިޔަ ރެސްޓޭރެންޓެއް ދައްކަވައިގެން ބޭންކަކުން ލޯނު ދީގެން ބޮޑުއަގުގައި މާލެއިން ގޯއްޗެއް ބައްލަވައިގެން އަމްރު މި މޭރުމުން ވިދާޅުވެފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެއްވެސް މީހަކަށް ޖަލުގައި އަނިޔާކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ކަމެއް ހިނގިކަން އެނގުނު ނަމަވެސް ފިޔަވަޅު އަޅުއްވާފައިވާނެ ކަމަށް އެމަނިކުފާނުފާނު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ރައީސް މައުމޫން ވިދާޅުވެފައިވަނީ، އެއްވެސް އިރެއްގައި ޖަލުގައި މީހުންނަށް އަނިޔާ ކުރުމަކީ އެމަނިކުފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށާއި، އެފަދަ ކަމަކަށް އެއްވެސް އިރެއްގައި ހުއްދަ ދެއްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރަށް ނޭނގި އެކަންކަން ހިނގާފައިވާކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

ރައީސް މައުމޫނަށް ރައްދު ދެއްވަމުން އެސްޓީއޯގެ އެމްޑީގެ މަގާމު ލިބިވަޑައިގެންނެވިތާ ތިން އަހަރު ނުވަނީސް މާލެއިން ބޮޑު އަގުގައި ގޯއްޗެއް ބައްލަވައިގެން ފާޑުކިއުން އަމާޒުވެފައިވާ އަމްރު ވިދާޅުވީ، ރިޔާސީ އިންތިޚާބަކަށް ރައީސް މައުމޫނުގެ ނަން ނޫން އެހެން ނަމެއް ރައްޔިތުންނާ ހަމަޔަށް ގެންނަން މަޖިލިސް ތެރެއިން މަސައްކަތް ކުރުމުން އޭނާގެ ބައްޕަ ޖަލަށްލާ އަނިޔާ ކޮށްފައިވާ ކަމަށެވެ.

"ދިން އަނިޔާ ތަކުގެ ތެރޭގައި ރުކެއްގަ ބިޑި އަޅުވާ ޗިލީ ސޯސް ޖަހާ ތުނބުޅި ބޭލި." ގޯތި ބައްލަވައިގެން މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ އެމްޑީ އަމްރު ވިދާޅުވެފައިވެއެވެ.

ގޯތި ބައްލަވައިގެން މައްސަލައިގައި ފާޑުކިއުން އަމާޒުވިފަހުން މީސް މީޑިއާގައި މާބޮޑު ހަރަކާތެއް ނެތި ދުވަސްކޮޅެއް ދިއުމަށްފަހު އަމްރު މިއަދު ރައީސް މައުމޫނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ވެރިކަމުގައި ރައީސް ނަޝީދަށް ވެސް އެތައް ބައިވަރު ބޮޑެތި އަނިޔާތައް ކުރިކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވެފައިވަނީ، އެމަނިކުފާނަށް އެނގިވަޑައިގެން ރައީސް ނަޝީދަށް އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ވާހަކަފުޅެއް ރައީސް ނަޝީދުވެސް ދައްކަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


10

އަމުރު

30-Jul-2021

ބަލަ އޭރުގަ ހުރިހާ ބާރަކީ ޤާނޫނުއަސާސީ ބުނާގޮތުން ވެރިމީހާ ތިންބާރުއޮތީއެއްކޮއް ޤާނޫނާ ޚިލާފުވީމާ ސޯސްޖަހައިގެން ކީއްކުރަން އެކޮޅުކޮޅުން ބާއްވައިގެން ހަންވެސް ދެމޭނެ އޭރުގާ މިިހާރު ޤާނޫނުއަސާސީ އޮތީ ތިންބާރުވަކިން އޮތްއިރުވެސް ކުރިއައްވުރެންގޯސް ކުއްކުރާމީހާ އަރާމުގަ ކުއްސާބިތުކުރުވާމީހާޖަލުގަ


2

ހަރުބަސް

30-Jul-2021

ތި އަކުރަކީ ބޮޑު ވަގެއް މަގާމުން ވަކިކުރޭ


3

ހަސަނު

30-Jul-2021

އަމްރޫ އަނެއްކާވެސް މާލޭން ރަނގަޅު ގޯއްޗެއް ގަތމާއިގެން އުޅުއްވާ!!!


0

ކަލީލް

30-Jul-2021

އަމްރުގެ ފައިލް ތައްޔާރަށްއޮތީ.ހަވާލުވި ފަހުން މިހާރު ދިވެހިން ކާން ލިބެނީ ފަޑުއްކަ ހަނޑޫ. ގޯތި ގަތް މައްސަލައާއި މޮޅު ހަނޑޫގެ ނަމުގަ ހަރުނުވާ ފަޑުއްކަ ހަނޑޫ ގަތް މައްސަލަވެސް. އަދިތެލުގެ ކަމެއްވެސް އެބަ އުޅޭ



ޓްރެންޑިން