މ. ކޮޅުފުށި
މ. ކޮޅުފުށި
ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މ. ކޮޅުފުއްޓާއި، ށ. ފީވަކަށް އަރަައިފޭބުން މަނާކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ފީވަކާއި، ކޮޅުފުށި މޮނިޓަރިންއަށް ލާފައި މިވަނީ، އެ ދެރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ. މިއީ ކޮޅުފުށި މޮނިޓަރިން އަށް ލީ ތިންވަނަ ފަހަރެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ 12 ރަށެކެވެ. އެއީ ކޮޅުފުއްޓާއި ފީވަކުގެ އިތުރުން ޏ، ފުވައްމުލައް، އއ. ތޮއްޑޫ، ރ. ދުވާފަރު، ގއ. ކޫއްޑޫ، ށ. ފޯކައިދޫ، ގދ. ނަޑެއްލާ، ކ. ކާށިދޫ، އއ. ރަސްދޫ، ހދ. ހުޅުދުއްފުށި އަދި ހދ. ދިއްދޫއެވެ.

މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ފުވައްމުލަކު ސިޓީ އެވެ. މެއި މަހުގެ ހަޔަކުން ފެށިގެން އެ ސިޓީ ވަނީ ބަންދު ކޮށްފަ އެވެ. މީގެ އިތުރުން އއ. ތޮއްޑޫއާއި ރ. ދުވާފަރު ވެސް ބަންދު ކޮށްފައިވަނީ މެއި މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން