ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (މ)
3 އަހަރުގެ ސަރުކާރަކުން ކުރީ ސަރުކާރޭ ކިޔުން ރައްޔިތުންނަށް ވަނީ ޖޯކަކަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިމޭރުމުން ވިދާޅުވެފައިވަނީ، މިހާރަކަށް އައިސް ކަރަންޓް ބިލު ބޮޑުވަނީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ. އާޒިމް މިހެން ވިދާޅުވެފަައި މިވަނީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ޝިޔާމް ވަނީ އަދިވެސް ތިޔަ ހާސަރު ހުއްޓޭކަށް ނުވޭތޯ ވިދާޅުވެ އާޒިމާ ސުވާލު ކުރައްވާފައެވެ. އަދި ހުރިހާ ބާރަކާ އެކީ ވެރިކަމަށް ތިން އަހަރުވުމުން ކުރީ ސަރުކާރޭ ކިޔައިގެން ދައްކާ ވާހަކަތައް ރައްޔިތުންނަށް ވާނީ ޖޯކަކަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ކަންފަތްޕުޅަށް އަޑު ގެންދަން ކޮންމެ ފަހަރަކު ރައްޔިތުން މި ޖެހެނީ އޮބި އަޅަން. ދައުރު ނިމުމުގެ ކުރިން ރައްޔިތަކަށް ހިދުމަތެއް ކޮށްދިނުން މާ އައުލާކަން ބޮޑު." ޝިޔާމް ވިދާޅުވިއެވެ.



މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ވިދާޅުވީ ‏މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ޙާލުގައި އުޅެމުންދާ ރައްޔިތުން އިތުރަށް ޙާލުގައި ޖެހޭގޮތް ވެފައިކަމަށް މުއިއްޒު ވިދާޅުވިއެވެ. އެކަމާ ގުޅިގެން ‏އާޒިމް މިއަދު ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށެވެ. އަދި އެކަން އެގޮތައް ދިމާމިވަނީ ކުރީގެ ހައުސިންގ މިނިސްޓަރ މުއިއްޒު އިންނެވި ކެބިނެޓަކުން ދެކޮޅުނުޖެހޭ އިގްތިޞާދީ ގިނަ ނިންމުންތަކެއް ނިންމުމުގެ ސަބަބުންކަމަށެވެ.

ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯގެ މައްސަލައެއް ނޫޅޭކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ. އަދި ކަރަންޓް ބިލު ބޮޑުވަނީ ކަރަންޓް ބޭނުންކުރާ ގޮތުންނާއި ބައެއް ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާތީ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން