ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ސަރުކާރުން މިމަހުގެ ކަރަންޓު ސަބްސިޑީ ކަނޑާލާފައިވަނީ، ރައްޔިތުންނާ ދޭތެރޭ ސަރުކާރުގެ ރަޙުމެއް ނެތުމުން ކަމަށް ޕީއެންސީގެ ނައިބު ލީޑަރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

މެންބަރު އާދަމް ޝަރީފް މިމޭރުމުން ވިދާޅުވެފައިވަނީ، މިފަހަރު މާލޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވީ ކަރަންޓުން ދިން ސަބްސިޑީ ކަނޑާލުމުން ކަމަށް ސްޓެލްކޯއިން ހާމަކުރުމާ ގުޅިގެންނެވެ. އާދަމް ޝަރީފް ވަނީ، ކަރަންޓު ސަބްސިޑީ ކަނޑާލުމަށް ނިންމި ނިންމުން މުރާޖައާ ކުރުމަށްވެސް ގޮވާލައްވައިފައެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، އެކުންފުނީގެ ސްޓެޓިސްޓިކްސް ދައްކާގޮތުން އާދަޔާ ޚިލާފްކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށާއި، ބިލް ބޮޑުވެފައިވާކަމަށް ހީވެފައިވަނީ، މިދިޔަ މަހު ދީފައިވާ ސަބްސިޑީ ކަނޑާލުމުން ކަމަށެވެ. އަދި ބޭނުންނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖެއް ނުކުރާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމާއި ތަދުމަޑުކަމުގައި ރައްޔިތުން ހަނާވަމުން ދަނިކޮށް، އަދި އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނުރޭވެނީސް، ސަބްސިޑީ ކަނޑާލުމުން ދޭހަވަނީ ރައްޔިތުންނާމެދު، އެއްވެސް ރަހުމެއް، ހަމްދަރްދީއެއް ސަރުކާރުން ނެތްކަން ކަމަށެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުއިއްޒުވެސް މިއަދު ވިދާޅުވީ ‏މި މަހުގެ ކަރަންޓު ބިލަކީ މާލޭގެ ގިނަ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލެއްކަމަށެވެ.

ކޮވިޑާއި ގުޅިގެން ޖޫން މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ކުޑަކޮށްދިނުމަށް ސަރުކާރުން ނިންމިއެވެ. ކަރަންޓު ބިލު ބޮޑުވާ މައްސަލައިގައި ސްޓެލްކޯގެ މައްސަލައެއް ނޫޅޭކަމަށް ތަކުރާރުކޮށް އެކުންފުނިން އަންނަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން