ރ. ދުވާފަރުގައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން
ރ. ދުވާފަރުގައި މީގެ ކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން
ކޯވިޑް-19 ގައި އެކަށީގެންވާ ފަރުވާ ނުދެވި ރ. ދުވާފަރުގައި މީހަކު ނިޔާވުމުން އެރަށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ރ. ދުވާފަރުން ނިޔާވެފައިވަނީ 52 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ ނޭވާލާން އުނދަގޫވެ، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް މިރޭ 19:30 ގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ އެއަންހެންމީހާ ނިޔާވީ އޮކްސިޖަން ހުސްވެ، ސީއެންބިއުލާންސްވެސް އެރަށަށް އައުން ލަސްވެ ފަރުވާ ނުދެވުމުގެ ސަބަބުންނެވެ.

އަންހެންމީހާގެ މަރާ ގުޅިގެން އެރަށުގައި މުޒާހަރާ ކުރަމުންދާއިރު މިއީ މި ހަފުތާގައި އެރަށުން ނިޔާވި ދެ ވަނަ މީހާއެވެ. މިދިޔަ އަންގާރަ ދުވަހުވެސް އެރަށުން ވަނީ 66 އަހަރުގެ ފިރިހެނެއް ނިޔާވެފައެވެ. މި މަރާއެކު އެރަށުން ކޮވިޑުގައި ނިޔާވި މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރައިފައެވެ.

މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 221 އަށް އަރާފަ އެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 202 ދިވެހިންނާ 19 ބިދޭސީންނެވެ.

މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި ކޯވިޑް ފެތުރެން ފެށިފަހުން އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަނެއްކޮޅުން މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު ނިޔާވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން