ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އިދިކޮޅު ޕްރޮގްރަސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) އާ އަލުން ގުޅިވަޑައިގެންފިއެވެ.
މިރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދު އަބްދުﷲ ވިދާޅުވީ، ޕީޕީއެމްއާއި ދުރަށް ދެވުނީތީ ރައީސް ޢަބްދުﷲ ޔާމީންއާއި، ޕީޕީއެމްގެ ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ. އަދި ޕީޕީއެމް އާއި ދުރަށް ދެވުނީތީ އިންތިހާއަށް ހިތާމަކުރާ ކަމަށް، ރައީސް ޔާމީންގެ ސަރުކާރުން މަޖިލީހުގައި ތަމްސީލް ކުރަށްވަމުންދިޔަ ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ.
މުހަންމާ މިރޭ ވިދާޅުވީ މިހާރު ވެރިކަން ކުރަމުންދާ ރައްޔިތުންނާއި ދުރު ވެރިން، ވެރިކަމުން ދުރުކޮށް ރައީސް ޔާމީން އަލުން ރައީސްކަމަށް 2023 ގައި ގެންނަންޖެހޭ ކަމަށެވެ. މުހަންމާގެ އިތުރުން 12 މެންބަރުންގެ ތެރޭގައި ހިމެނުމުން ގޮނޑި ގެއްލުނު ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ލޯޔަރު ވައްޑެ) ވެސް މީގެ ކުރިން ވަނީ ޕީޕީއެމް އަށް ސޮއި ކުރަށްވާފައެވެ.
މިރޭ ޕީޕީއެމްއަށް ސޮއި ކުރެއްވި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ހުޅުމާލޭ ރިޔައްޓޭ އާއި، އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާ އާއި، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު ފިޝާވިން ހިމެނެއެވެ.
އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް މުހަންމާ ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. އަދި 10 ޖުލައި 2017 ގައި އެ ޕާޓީއިން ވަކިވެ ވަޑައިގަތެވެ. އޭގެ ފަހުން ރިޔާސީ އިންތިޚާބުގެ ދުވަސްވަރު މުހަންމާ ވަނީ އެމްޑީޕީއަށް ވެސް ގުޅިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު