ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ވ)
ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ވ)
ރައީސް މައުމޫން އުޅުއްވަނީ އެމަނިކުފާނުގެ "ލެގަސީ" ނެތިދާނެތީ ކަމަށާއި، ޤައުމަށް ހެޔޮއެދިވަޑައިގެން ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ރައީސް މައުމޫން، އަދުރޭއާއި ބައްދަލު ކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީން އުޅުއްވަނީ ރައީސް މައުމޫންގެ ލެގަސީ ދުއްވާލުމަށް ކަމަށް ވިދާޅުވިކަމަށާއި، ރައީސް މައުމޫން މި ޤައުމަށް ހެވެއް ނޭދޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލައި އަނިޔާކުރަމުންދަނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެކަން ހަޖަމު ނުވެގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ސީދާ ރައީސް މައުމޫން އެވާހަކަ ދެއްކެވީ އަޅުގަނޑު ގާތު. ވިދާޅުވީ ރައީސް ޔާމީން އެ އުޅުއްވަނީ ތިމަންނާގެ ލެގަސީ ދުއްވާލާށޭ. ދެން އެބޭފުޅާއަށް ކޮން ގައުމީ ހިދުމަތެއްގެ ވާހަކައެއްތޯ ދެެއްކޭނީ." އަދުރޭ މިރޭ ވިދާޅުވިއެވެ.

"މަވެސް ޕީޕީއެމް" ކެމްޕޭންގެ ދަށުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ ވަނީ ޕީޕީއެމާ މިރޭ ގުޅިވަޑައިގެންފައެވެ. މިރޭ ޕީޕީއެމަށް ސޮއި ކުރެއްވި ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އުފެދުނީއްސުރެ މިހާތަނަށް އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ހުޅުމާލޭ ރިޔައްޓޭއާއި، އެމްޑީއޭގެ އަންހެނުންގެ ގޮފީގެ ރައީސާ ނަޒީރާ އާއި، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު އުތުރު ދާއިރާގެ ކުރީގެ ކައުންސިލަރު ފިޝާވިން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު


2

ކަލޯބެ

30-Jul-2021

މައުމޫނަށް އަހަރެން އިޙްތިރާމެއް ނުކުރަން! ޢެއީ ކޮސް ބެ މިހާރު.