އއ. ތޮއްޑޫ
އއ. ތޮއްޑޫ
ކޯވިޑް-19 ފެތުރެމުންދާތީ އަރައިފޭބުން މަނާކޮށްފައި އޮތް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ އާއި ރަސްދޫ އަލުން ހުޅުވާލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ އެ ދެ ރަށުގެ މޮނިޓަރިންގ ނިމުމަކަށް ގެނެސްފައިވަނީ، އެ ރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމުން ކަމަށެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ތޮއްޑޫ މޮނިޓަރިންގ އަށް ލާފައިވާ އިރު، ރަސްދޫ މޮނިޓަރިންގ އަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ 11 ރަށެކެވެ. އެއީ ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ. ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ކ. ކާށިދޫ، ގއ. ކޫއްޑޫ، ގދ. ނަޑެއްލާ އަދި ފުވައްމުލައް ސިޓީި އެވެ.

މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ފުވައްމުލަކު ސިޓީ އެވެ. މެއި މަހުގެ ހަޔަކުން ފެށިގެން އެ ސިޓީ ވަނީ ބަންދު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން