ޕްރޮފެސަރ ޙަސަން އުގެއިލް
ޕްރޮފެސަރ ޙަސަން އުގެއިލް
ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަން ދޭންވާނީ އެގައުމެއްގެ އަމިއްލަ މަސްލަހަތަށް ކަމަށް ޕްރޮފެސަރ ޙަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ދުނިޔޭގެ އެހެނިހެން ޤައުމުތަކާ ދެމެދު ޤާއިމްކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ރިޢާޔަތް ކުރަށްވަމުން އުގެއިލް މިއަދު ވިދާޅުވީ، ބޭރު ގައުމުތަކާ ގުޅުން އުފައްދައި އެ ގުޅުން ދެމެހެއްޓުމުގައި ކޮންމެ ގައުމަކުން ވެސް އެންމެ އިސްކަން ދޭންވާނީ އެ ގައުމެއްގެ އަމިއްލަ މަސްލަހަތަށް ކަމަށެވެ.



މީގެ ކުރިން މިނިވަން ދުވަހުގެ މުނާސަބަތުގައިވެސް އުގެއިލް ވަނީ، މިނިވަންކަން ފެށެނީ ކޮންމެ މީހަކުވެސް އެމީހެއްގެ ކަންކަމާމެދު ވިސްނާ ފިކުރުކުރާ ހިސާބުން ކަމަށާއި، ޤައުމެއްގެ ބަޔަކު ކަންކަމާމެދު ރަނގަޅަށް ވިސްނައި ފިކުރުކުރާނަމަ އެބައެއް ތަހުޒީބުވެ އެއްބައެއްވަންތަ ކަމާއެކު ކުރިއަރައި ދާނެ ކަމަށް ވިދާޅުވެފައެވެ.

ގޮތްހުރި ގުޅުންބޮޑު މުޖްތަމަޢެއްގެ މައްޗަށް ނުފޫޒު ފޯރުވަން އެހެން ބާރުތަކަށް ދަތިވާނެކަން ފާހަގަކުރަށްވަމުން އުގެއިލް ވިދާޅުވީ، ދިވެހިންނަށް ތަހުޒީބީ މުޖުތަމަޢުތަކުގެ ރައްޔިތުން ޢަމަލުކުރާ ހުނަރުތައް ލިބިދޭން ޖެހޭ ކަމަށެވެ. އަދި އޭރުން ފެންނާނީ އަމާނާތްތެރި ތެދުވެރި އިޚްލާސްތެރިންކަމަށް އުގެއިލް ވިދާޅުވިއެވެ.

އުގައިލް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު މިހާރުގެ ސަރުކާރުން އިންޑިއާއެކު އޮންނަ ގުޅުމާމެދު ގިނަ ބައަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މި ސަރުކާރުން އިންޑިއާއަށް ބަރޯސާވެފައިވަނީ ގައުމުގެ މިނިވަންކަމަށްވެސް ބުރޫއަރާ މިންވަރަށް ކަމަށެވެ. މިއީ އެކިއެކި ފޯރަމްތަކުގައި މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށް ފާޑުކިޔަމުންދާ މައްސަލައެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން