ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ވ)
ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނާއި އަނިޔާވެރިކަން އަދި ހަނދާނުގައި އެބަހުރި ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ މިސަރުކާރުގެ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން، ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އަށް ރައްދު ދެއްވައިފިއެވެ.

ޔުމްނާ މައުމޫން އަދުރޭއަށް ރައްދު ދެއްވާފައި މިވަނީ، ރައީސް މައުމޫން އުޅުއްވަނީ އެމަނިކުފާނުގެ "ލެގަސީ" ނެތިދާނެތީ ކަމަށާއި، ޤައުމަށް ހެޔޮއެދިވަޑައިގެން ނޫން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ޔާމިން ސަރުކާރުގެ ކޮރަޕްޝަނާ އަނިޔާގެ މަތީން އަދި ހަނދާން ނުނެތޭ ކަމަށް ޔުމްނާ ވިދާޅުވިއިރި ޔުމްނާގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އޭރު ހުންނެވީ ރައީސް ޔާމިނާއެކު ސަރުކާރުގެ އެންމެ އެތެރޭގައިކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ޔުމްނާ އެކުރަށްވާ ތުހުމަތު އަމާޒުވާ ބޭފުޅުންގެ ތެރޭގައި އެއްބަފާ ބޭބޭފުޅާއި އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ވެސް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ރައީސް މައުމޫން، އަދުރޭއާއި ބައްދަލު ކުރެއްވި ކަމަށެވެ. އަދި ރައީސް ޔާމީން އުޅުއްވަނީ ރައީސް މައުމޫންގެ ލެގަސީ ދުއްވާލުމަށް ކަމަށް ވިދާޅުވިކަމަށާއި، ރައީސް މައުމޫން މި ޤައުމަށް ހެވެއް ނޭދޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، އަދުރޭ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، "ހުޅުމާލޭ ފޭސް 2 އަދި ބްރިޖަކީ ވެސް ރައީސް މައުމޫން ގެ ތަޞައްވުރެއް" ކަމަށެވެ.

"ތާއީދު އަނބުރާ ގެންދެވީ ޕީ.ޕީ.އެމް ގެ ސަރުކާރު ޕީ.ޕީ.އެމް ގެ އުސޫލުތަކާއި ދުރަށް ގޮސް ކޮރަޕްޝަނާ އަނިޔާވެރިކަމުގެ ތެރެއަށް ދިޔުމުން. އޭރު ކަންހިނގާދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް ނުވޭ." ޔުމްނާ އެ ތުހުމަތު ކުރަށްވާ ކަންކަން ހިނގާދިޔައިރު އެންމެ އެތެރޭގައި ބޭބޭފުޅުގެ އަތްފުޅުގައި ހިއްޕަވައިގެން ހުންނެވި ކޮއްކޯފުޅުވެސް ޝާމިލުވާ ގޮތަށް ފާޑުވިދާޅުވަމުން ޔުމްނާ ވިދާޅުވިއެވެ.

"މަވެސް ޕީޕީއެމް" ކެމްޕޭންގެ ދަށުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޕީޕީއެމާ ގުޅުމަށް ބޭއްވި ޙަފްލާގައި އަދުރޭ ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ޖަލަށްލައި އަނިޔާކުރަމުންދަނީ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައީސް ޔާމީންގެ ތަރައްޤީ ހަޖަމު ނުވެގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން