ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީޙް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީޙް ޖަމާލް
ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ރައްޔިތުންނަށް އިތުރު ސަޕްރައިޒްތައް ލިބޭނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގަތް މަލީހު މިއަދު ވިދާޅުވީ، ޕީޕީއެމާއި ގިނަ ބޭފުޅުން ގުޅިވަޑައިގަތުމަކީ ޤައުމަށް މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން ކަމަށެވެ. މަލީޙް މިމޭރުމުން ވިދާޅުވެފައިވަނީ، "މަވެސް ޕީޕީއެމް" ކެމްޕޭންގެ ދަށުން ގިނަޢަދަދެއްގެ ބަޔަކު ޕީޕީއެމާ ގުޅެމުން ދާތީ އެކަމަށް އިޝާރާތް ކުރަށްވަމުންނެވެ.

މަލީޙް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއް އަލުން އެކުލަވާލެވި ރައީސް ޔާމީންގެ ދެވަނަ ދައުރު ވެގެން ދާނީ ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދޭނެ އުއްމީދީ ވެރިކަމަކަށް ކަމަށެވެ.



މިހާރުގެ ކޯލިޝަން ސަރުކާރު ގެންނަން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި މަލީހު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ގޮވާލައްވާފައި ވަނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށެވެ. އަދި 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް މަލީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަބްދޫ

31-Jul-2021

ޕީޕީއެމް ސަރުކާރެއް ގެނޭ ދިވެހިރާއްޖެގަ ތިބި އެންމެން ޔާމީނާ ދެކޮޅަށް ޕީޕީއެމް އާާ އެއކޮޅަށް.ޠާމީން ނޫން މިހަކު ނެރެފިނަމަ 2023 ޕީޕީއެމް އަށްލިބޭނެ.



ޓްރެންޑިން