ހއ. ތަކަންދޫ ހެލްތް ސެންޓަރ
ހއ. ތަކަންދޫ ހެލްތް ސެންޓަރ
ހއ. ތަކަންދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް ބަންދު ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ، ރަށުން ބޭރަށް ދަތުރެއް ނުކޮށް ރަށުގައި ހުރި މީހެކެވެ. އެކަމާގުޅިގެން އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރުވަނީ ފަށައިފިއެވެ.

ތަކަންދޫ ބަންދު ކޮށްފައިވާއިރު، ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އައްޑޫ ސިޓީ މަރަދޫ ސިއްހީ މަރުކަޒުވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މަރުކަޒުގެ ޑޮކްޓަރުގެ އިތުރުން ދެ އެޓެންޑެންޓުންނާއި ތިން ނަރުހުން އެމީހާގެ ޑައިރެކްޓް ކޮންޓެކްޓުންނަށް ވުމުން އެ ރަށު ސިއްހީ މަރުކަޒުން ދެމުންދިޔަ ހިދުމަތް ތިން ދުވަހަށް ވަނީ މެދު ކަނޑާލައިފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ 11 ރަށެކެވެ. އެއީ ހއ. ތަކަންދޫ، ހއ. ދިއްދޫ ހދ. ކުޅުދުއްފުށި، ށ. ފޯކައިދޫ، ށ. ފީވައް، މ. ކޮޅުފުށި، ރ. ދުވާފަރު، ކ. ކާށިދޫ، ގއ. ކޫއްޑޫ، ގދ. ނަޑެއްލާ އަދި ފުވައްމުލައް ސިޓީި އެވެ.

މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސް ވަންދެން އޮތް ރަށަކީ ފުވައްމުލަކު ސިޓީ އެވެ. މެއި މަހުގެ ހަޔަކުން ފެށިގެން އެ ސިޓީ ވަނީ ބަންދު ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން