ރައީސްއޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރައީސްއޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު މަބްރޫކް ޢަޒީޒް
ރާއްޖޭގެ އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ލިބިފައިވާ ކަމަށް ރައީސްއޮފީހުގެ ސްޕޯކްސްޕާސަން މުޙައްމަދު މަބްރޫކް ޢަޒީޒް މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްއީއޯސީގެ ސްޕޯކްޕާސަން ޑރ ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި ކަމަށާއި، މިމަހުގެ 31 ގައި ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފަށާނެ ކަމަށެވެ. އަދި އެ ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކޯވިޑް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ޙަރަކާތާ ގުޅޭގޮތުން މަބްރޫކް މިއަދު ވިދާޅުވީ ރާއްޖެއަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް ވެކްސިންޖެހޭ އާބާދީއަށް ބޭނުންވާވަރަށް ވެކްސިން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ. މަބްރޫކް ވަނީ އެކަކު އަނެކަކަށް ހިތްވަރުދީ، ހުރިހާއެންމެންވެސް، ވީހާ އަވަހަކަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރުމަށް ގޮވާލައްވާފައެވެ.



އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އަދި ވެކްސިންގެ ފުރަތަމަ ޑޯޒަކަށް ކޮވިޝީލްޑް ޖެހި ކަމަށް ވިޔަސް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، ފައިޒާ ވެކްސިނެވެ. އޭގެތެރެއިން ފައިޒާ ވެކްސިން މިވަގުތު ވަނީ ހުސްވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު


6

ބިލް

31-Jul-2021

އެވެސް ދިނީ ޗައިނާ އިން. އެކަމު މަނިކުފާނުމެން ގައުމު ނުއަގުގަ ތިޔަ ވިއްލަނީ އިންޑިޔާއަށް. އެތަނުން ލިބޭ އެއްޗެއް ހަރާންފަދަ. ކުޑަމިނުންއެމީހުންގެ ސިފައިންނަކީ ދިވއހި ދައުލަތައް ބަލަދު އަރާފަ ތިބިބައެއް މިހާރު



ޓްރެންޑިން