ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (ކ) އާއި، ރައީސް މުޙައްމަދު ނަޝީދު (ވ)
ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (ކ) އާއި، ރައީސް މުޙައްމަދު ނަޝީދު (ވ)
ޕްރޮގްރެސިވް ކޯލިޝަން އޮފް ދަ މޯލްޑިވްސް، ޕީޕީއެމާއެކު މަސައްކަތްކުރުމުގެ ދަޢުވަތު އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވައިފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ޤައުމީ ކެމްޕެއިނެއް ރޭ ވަނީ ލޯންޗް ކޮށްފައެވެ. އެ ޙަފްލާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވަނީ އެޙަރަކާތާ ގުޅުމުގެ ދަޢުވަތު ރައީސް ނަޝީދަށް އަރުވާފައެވެ. ނަމަވެސް ހަމަ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ޤައުމުގެ ޣައްދާރުންނާއެކު މަސައްކަތް ކުރާނެ ގޮތެއް ނުވިސްނޭ ކަމަށްބުނެ އަދުރޭއަށް ރައްދު ދެއްވާފައެވެ.

"ކެނެރީގޭ މުޙައްމަދު ނަޝީދަށްވެސް ދަންނަވާލަން ބޭނުންވަނީ ހަމަ މިހަރަކާތަށް ނިކުމެ ވަޑައިގަންނަވާށޭ." ރޭގެ ޙަފްލާގައި އަދުރޭ ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި އަދުރޭ ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި މިކަމާ ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ބަސްބުނަން ޖެހޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ޢުމަރު ނަސީރާއި، ކާނަލް ނާޒިމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވުމަށް އަދުރޭ ވަނީ ދައުވަތު ދެއްވާފައެވެ. އަދި މި ޙަރަކާތުގައި ބައިވެރިވުމަށް އަދުރޭ ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

އަދުރޭ މިރޭ ވިދާޅުވީ، ގައުމުގައި ވެރިކަންވެސް ކުރެވޭނީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ގައުމު ދެމިއޮވެގެން ކަމަށެވެ. ޕީޕީއެމުން ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައި މިވަނީ، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ޙަރަކާތެއް ހިންގުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން