ރޭ ގްރީން ޒޯނުން ފެނުނީ ބޮކިފަތީގެ ރިމޯޓް ސްވިޗެއް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ގޮތްނޭނގޭ އެއްޗެއް ފެނުމާ ގުޅިގެން ރޭ ޖުމްހޫރީ މައިދާން ސަރަޙައްދު ބަންދުކޮށްގެން ސިފައިން ވަނީ އެ ސަރަހައްދު ބަލާ ފާސްކޮށްފައެވެ. ނަމަވެސް ފަހުން އެ ސަރަޙައްދު ވަނީ ހުޅުވާލައިފިއެވެ.
އިތުބާރުހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ އިއްޒުއްދީން ފާލަން ބަލައި ފާސްކޮށްފައިވަނީ ބޮކިފަތީގެ ރިމޯޓް ސްވިޗެއް ފެނުމާ ގުޅިގެންނެވެ. މީގެ ކުރިން ސުޕްރީމް ކޯޓު ކައިރީގައި އޮތް ރިމޯޓް ކާރެއްވެސް ފުލުހުންވަނީ ބަލާ ފާސްކޮށްފައެވެ.
މެއިމަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއަށްފަހު ސަލާމަތީ ޚިދުމަތްތަކުން ގެންދަނީ މިފަދަ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު