އެންވާރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ
އެންވާރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އާމިނަތު ޝައުނާ
އިންޓަނެޓާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ 1515 އަށް ގުޅުމަށް އެންވާރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން އެދެފިއެވެ.

އެ މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައި ބުނީ، އިންޓަނެޓް ހިދުމަތާއި ގުޅޭ އެއްވެސް ޝަކުވާއެއް އޮތް ނަމަ 1515 އަށް ގުޅައި، އެކަން ސަރުކާރާއި ހިއްސާ ކުރަން އެދޭ ކަމަށެވެ. އޭގެ އިތުރުން ސަރުކާރުގެ "ނެޓު ހެޔޮ" މަޝްރޫއުގެ ބޭނުމަކީ ޖުމުލަކޮށް އިންޓަނެޓްގެ މުޅި ހިދުމަތް ރަނގަޅު ކުރުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން އިންޓަނެޓްގެ އަގަށް ގެންނެވި ބަދަލުތަކުގެ ތެރޭގައި، ޖުލައި 1 އިން ފެށިގެން ރެސިޑެންޝަލް އިންޓަނެޓްގެ ހިދުމަތްތަކުގެ އަގުތައް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަގަކަށް ދަށްކުރުން ހިމެނެއެވެ. އަދި ރެސިޑެންޝަން ޕެކޭޖްތަކުގެ ތްރޮޓްލް ސްޕީޑް 2 ގުނައާއި 5 ގުނައަށް މަތިވެގެންދާނެއެވެ. މީގެއިތުރުން އެންމެ ކުޑަ ޕެކޭޖްތަކަށްވެސް ތްރޮޓްލް ސްޕީޑް 2 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި 300 ރުފިޔާއަށްވުރެ މަތީގެ ޕެކޭޖުތަކަށް ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްގައި ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން 1 އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑުގެ ޚިދުމަތަށް އެކަށީގެންވާ ބަދަލުތަކެއް އަންނާނެކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

ރާއްޖޭގައި ފޯރުކޮށްދޭ އިންޓަނެޓްގެ އަގުތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެނެސްފައިވާއިރު، އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަނެއްކޮޅުން އިންޓަނެޓްގެ އަގަށް ސަރުކާރުން ބަދަލުތަކެއް ގެނެސްފައި މިވަނީ، އެކަން ލަސްވެގެން ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ދުވަސްތަކެއް ފަހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން