ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެކްސިން ޖައްސަވަނީ
ވެކްސިނަކީ އާއްމު ދިރިއުޅުމަށް ދެވެން އޮތް މަގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.

ރައީސް ޞާލިހު ކުރެއްވި މިއަދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެތައް މަސްތަކެއް ވަންދެން ދަތި އުނދަގޫތައް ތަޙައްމަލްކުރުމަށްފަހު، އާއްމު ޙާލަތަކަށް އަވަހަށް ދިއުމަށް އޮތް މަގަކީ ވެކްސިން ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާއާއި، ވިޔަފާރިތައް ކުރިއަށް ގެންދިއުމާއި، ޢާއިލީގުޅުންތައް އިތުރަށް ބަދަހި ކުރުމަށް އޮތް މަގަކީވެސް ވެކްސިން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން މިހާތަނަށް ކޮވިޑް ވެކްސިން ޖަހާފައި ނުވާނަމަ، ތިމާއާއި، ތިމާގެ އާއިލާ އަދި މުޖުތަމައުއަށްޓަކައި އެކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ގޮވާލައްވާފައެވެ.



އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

އަދި ވެކްސިންގެ ފުރަތަމަ ޑޯޒަކަށް ކޮވިޝީލްޑް ޖެހި ކަމަށް ވިޔަސް ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ޖެހޭނެ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ރާއްޖޭގައި މިހާރު ޖަހަމުން ގެންދަނީ ކޮވިޝީލްޑްގެ އިތުރުން އެސްޓްރާޒެނެކާ ވެކްސިނާއި، ޗައިނާގެ ސިނޯފާމް ވެކްސިނާއި، ފައިޒާ ވެކްސިނެވެ. އޭގެތެރެއިން ފައިޒާ ވެކްސިން މިވަގުތު ވަނީ ހުސްވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން