ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (ކ) އާއި، ޕީއެންސީގެ ނައިބު ލީޑަރ އާދަމް ޝަރީފް ޢުމަރު
ޕީއެންސީގެ ލީޑަރ އަބްދުއް ރަޙީމް ޢަބްދުﷲ (ކ) އާއި، ޕީއެންސީގެ ނައިބު ލީޑަރ އާދަމް ޝަރީފް ޢުމަރު
ޤައުމަށް ޣައްދާރުވީ ބަޔަކާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު އެ ޕާޓީގެ ރައީސް އަބްދުއް ރަޙީމް ޢަބްދުﷲއަށް ރައްދު ދެއްވައިފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ޤައުމީ ކެމްޕެއިނެއް ލޯންޗް ކުރުމަށް ރޭ ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވަނީ އެޙަރަކާތާ ގުޅުމުގެ ދަޢުވަތު މި ސަރުކާރުގެ ކޯލިޝަންގެ ހުރިހާ ލީޑަރުންނަށް އަރުވާފައެވެ. ނަމަވެސް ހަމަ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ޤައުމުގެ ޣައްދާރުންނާއެކު މަސައްކަތް ކުރާނެ ގޮތެއް ނުވިސްނޭ ކަމަށްބުނެ އަދުރޭއަށް ރައްދު ދެއްވާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ މިހާރު ސަރުކާރުގައި ތިބި މީހުންނަކީ ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރި ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ އަތުން މިގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށާއި، ޤައުމު ވިއްކާލައި ޣައްދާރުވެފައިވާ ބަޔަކާއެކު ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރޭގެ ޙަފްލާގައި އަދުރޭ ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި މިކަމާ ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ބަސްބުނަން ޖެހޭކަމަށެވެ.

އަދުރޭ ވިދާޅުވީ، ގައުމުގައި ވެރިކަންވެސް ކުރެވޭނީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ގައުމު ދެމިއޮވެގެން ކަމަށެވެ. ޕީޕީއެމުން ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައި މިވަނީ، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ޙަރަކާތެއް ހިންގުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން