ހުޅުމާލޭގައި ވެކްސިން ދިނުން ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.
ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.
އެޗްޕީއޭއިން މިއަދު ބުނީ، ހުޅުމާލޭގައި ވެކްސިން ދިނުން މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކުރެވިފައި ކަމަށާއި، އެކަމުގައި ދިމާވަމުންދާ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ބޭނުން ގަޑިއަކަށް އެޕޮއިންޓްމަންޓް ބުކް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓު ހެއްދުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކުން 1676 ނަންބަރަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މާލޭގައި ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 5.00 އަށެވެ. އަދި އެހެން މަރުކަޒުތަކުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 4.00 އަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.

Hulhumale’ vaccination center has now been shifted to Hulhumale’ Hospital.
— Health Protection Agency (@HPA_MV) July 31, 2021
We apologize for any inconvenience caused.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ބޭނުން ގަޑިއަކަށް އެޕޮއިންޓްމަންޓް ބުކް ކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓުމެންޓު ހެއްދުމުގައި ދަތިތަކެއް ކުރިމަތިވާ ފަރާތްތަކުން 1676 ނަންބަރަށް ގުޅުމުން އެހީތެރިކަން ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މާލޭގައި ސޯޝަލް ސެންޓަރު، އިސްލާމިކް ސެންޓަރު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރު އަދި ހުޅުމާލެ ހޮސްޕިޓަލުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހައިދޭނެއެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 5.00 އަށެވެ. އަދި އެހެން މަރުކަޒުތަކުގައި ވެކްސިން ޖަހައިދޭނީ ހެނދުނު 9.00 އިން ފެށިގެން ހަވީރު 4.00 އަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު