ސަބަބުތަކުގައި ހިފައިގެން، ވެކްސިން ޖެހުމަށް ޝެއިހް މުހައްމަދު އަނީލް ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.
ރާއްޖޭގައި މިއަދު ފަށާފައިވާ ވެކްސިން ޕްރޮގްރާމާއި ގުޅޭގޮތުން ޝައިޚް އަނީލް ވިދާޅުވީ، ސިއްޙީ ދާއިރާގެ ލަފައާއި އިރުޝާދާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރަށްވާ ކަމަށެވެ.
"ﷲ އަށް ވަކީލް ކުރުމާއެކު ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީނުގައި ދަސްކޮށްދީފައިވާ ގޮތް." ޝެއިޚް އަނީލް ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.

Sihhee dhaairaa ge lafa aai irushaadhaa eggothah, rakkaatheri kamuge fiyavalhegge gothun, emmenge salaamathaa rakkaatheri kamah takai, Vaccine 2 dose jahai avahah nimmevumah govaalan. Allah ah vakeelu kuruma eku, sababu thakuga hifumakee Islam dheenuga dhaskoh dhevvaafaivaa goiy.
— Aneel 🇲🇻 (@aneelmv) July 30, 2021
އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު