ގދ. ނަޑެއްލާ އަށް ފޮނުވި އެމްބިއުލާންސް މިހާރު އޮތީ ހަލާކުވެފައިކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ނަޑެއްލާ އިން "ރަސް އޮންލައިނަށް" މަޢުލޫމާތު ދިން ފަރާތުން ބުނެފައިވަނީ، އެރަށަށް މިދިޔަ ހަފްތާގައި ފޮނުވި އެމްބިއުލާންސްގައި މައްސަލަ ތަކެއް ޖެހި މިހާރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ. އަދި އެރަށުގައި މިހާރު ބަލިމީހުން އުފުލަމުން ދަނީ ރަށު ޕިކަޕެއްގައިކަމަށް އެރަށުން މަޢުލޫމާތު ދިން ފަރާތުން ވަނީ ހާމަކޮށްފައެވެ.
އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ ދެއަހަރު ފަހުން އެރަށަށް ވަގުތީ އެމްބިއުލާންސެއް ލިބިފައިވަނީ ޖުލައި 25 ވަނަ ދުވަހު އެވެ. އަދި އެރަށަށް ފޮނުވި އެމްބިއުލާންސަކީ ސެކަންޑް ހޭންޑް ވެހިކަލެކެވެ.
އާބާދީގައި 735 މީހުން ދިރިއުޅޭ ނަޑެއްލާގައި ކޮވިޑު ފެތުރެމުންދާތީ މި މަހު 13 އިން ފެށިގެން ވަނީ މޮނިޓަރިންއަށް ލައިފަ އެވެ. އެރަށުގައި މިވަގުތުވެސް ކޮވިޑަށް ޕޮޒިޓިވް 190 މީހުން އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު