ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ފަތުރުވެރިންނަށް ވެކްސިން ދެޑޯޒް ފުރިހަމަނުކޮށް ދެވޭނީ 8 ރަށަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޗްޕީއޭގެ ގައިޑްލައިންގައިވާ ޝަރުތުތައް މިހާތަނަށް ފުރިހަމަވެފައިވާ ރަށްތަކަކީ އއ. މަތިވެރި، އއ. ތޮއްޑޫ، އއ. ރަސްދޫ، އއ. އުކުޅަސް، އއ. މާޅޮސް، އދ. ހަންޏާމީދޫ، އދ. ދިގުރަށް އަދި ކ. މާފުއްޓެވެ. މި ރަށްތަކުގެ ތެރެއިން އއ. އުކުޅަހާއި އދ. ހަންޏާމީދޫގެ 65 އަހަރުން މަތީގެ ހުރިހާ އެންމެން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

އެޗްޕީއޭގެ ގައިޑްލައިން ގައިވާ ގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަތުރުވެރިންނަށް، ރަށް ރަށުގައި ހުންނަ ގެސްޓު ހައުސްތަކަށް ދެވޭނީ އެ ރަށްތަކުގައި ދިރިއުޅޭ މީހުންގެ 60 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާނަމައެވެ.

އަދި އެރަށްރަށުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ 90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށް އަދި އެ ރަށްރަށުގެ ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ 95 ޕަސެންޓް މީހުން ވެސް ވެކްސިން ފުރިހަމަކުރަންޖެހެ އެވެ. މި އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން