މާލޭގެ މަގުތަކުގައި ޕާކް ކޮށްފައި ހުރި ބޭނުް ނުކުރާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރަމުންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މާލޭ ސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި، ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު ފުލުހުންނާ ގުޅިގެން މިމަހުގެ 2 އިން ފެށިގެން ނަގަމުން ގެންދާނެކަމަށެވެ. އެހެންކަމުން މަގުމަތީގައި މިގޮތަށް ބަހައްޓާފައި ހުރި އެއްގަމު އުޅަނދު ފަހަރު (ވެހިކަލް) ނަގައި މަގުމަތި ސާފުކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.
މަގުތަކުގައި ހުރި މިފަދަ އުޅަނދުފަހަރުތައް ނުނަގާނަމަ "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު"ގެ 6 ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެކަމަށާއި، އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް އެ ކައުންސިލުގެ އިޢުލާނުގައިވެއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ފުލުހުންނާ ގުޅިގެން ކަމަށް ސިޓީ ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު