ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް މަޖިލީހުގެ އިދާރާއިން ތާވަލްކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާތައް އޯގަސްޓް 16 ގައި ފަށާނެކަން މަޖިލީހުގެ މެމްބަރުންނަށް، މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އަންގާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަހަރުގެ ފުރަތަމަ ދައުރު ކުރިއަށް ދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ މެއި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އަދި މަޖިލީހުގެ ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން