ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ސުޖާތާ ހަލީމް (މ). އާއި ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ (ވ)
ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ސުޖާތާ ހަލީމް (މ). އާއި ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ (ވ)
މިދިޔަމަހު ޕެންޝަނުގެ ގޮތުގައި 123 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ޕެންޝަން އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހު އެ އިދާރާއިން ވަނީ 123 މިލިއަން ރުފިޔާ ޕެންޝަންގެ ގޮތުގައި ދޫކޮށްފައެވެ. އޭގެ ތެރެއިން 90 މިލިއަން ރުފިޔާ އަސާސީ ޕެންޝަނުގެ ގޮތުގައި ދޫކޮށްފައިވާއިރު، އަސާސީ ޕެންޝަން ޙައްޤުވާ 19،107 ފަރާތެއް އެ އޮފީހުގައި ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އަދި ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކޮށްފައިވާ 4،155 ފަރާތްތަކަށް ދަޢުލަތުންދޭ އިނާޔަތުގެ ގޮތުގައި 19 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ތަފާސްހިސާބުތަކުގައި ވެއެވެ.



މީގެ އިތުރުން ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި 1،444 ފަރާތަކަށް 7 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، ދައުލަތުގެ އެހެނިހެން ރިޓަޔަރމަންޓް އިނާޔަތްތަކުގެ ގޮތުގައި 5 މިލިއަން ރުފިޔާ، 3،078 މީހުންނަށް ވަނީ ދޫކޮށްފައެވެ.

ދިވެހިރާއްޖޭގެ ޕެންޝަން އޮފީހަކީ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ ގާނޫނީ ޝަޚްސެކެވެ. ޕެންޝަން އޮފީހުގެ މައިގަނޑު މަސައްކަތްތަކަކީ ޕެންޝަން ސްކީމްތައް ބެލެހެއްޓުމާއި، ޕެންޝަން ޤާނޫނުގެދަށުން ޤާއިމުކުރެވޭ ސްކީމްތައް ހިންގުމާބެހޭ ގަވާއިދުތައް ހެދުމާއި އެކަމާބެހޭ މިންގަނޑުތަކާއި ގައިޑްލައިންތައް ހެދުމުގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ ދޫކުރުމާއި ޕެންޝަން ސްކީމްތަކާބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ވުޖޫދަށް އައިސްފައިވަނީ 13 މެއި 2009 ގައި ޕެންޝަނާއި ބެހޭ ޤާނޫނު ތަޞްދީޤު ކުރުމާ ގުޅިގެން އުފެދުނު މިނިވަން މުއައްސަސާއެއްގެ ގޮތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން