"ހިޔާ ޔޫނިއަން" އިން ތައްޔާރުކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމަށް ޙަވާލުކުރުން
"ހިޔާ ޔޫނިއަން" އިން ތައްޔާރުކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމަށް ޙަވާލުކުރުން
ހިޔާ ފުލެޓުތަކުގެ ކުލީގެ މައްސަލައަށް ހައްލެއް ހޯދުމަށް "ހިޔާ ޔޫނިއަން" އިން ތައްޔާރުކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމަށް ޙަވާލުކޮށްފިއެވެ.

ހިޔާ ޔޫނިއަނުން މިއަދު ބުނެފައިވަނީ، ފްލެޓް ލިބުނު ފަރާތްތަކުގެ ކަންބޮޑުވުންތައް ހިމެނޭ ޕެޓިޝަން މަޖިލީހުގެ މެޖޯރިޓީ ލީޑަރަށް އެރުވީ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ވޭތުވެދިޔަ ދެމަސްދުވަހު ކުރި މަސައްކަތްތަކުން ސަރުކާރުގެ ވުޒާރާތަކުން އެދެވޭ ހައްލެއް ހޯދިފައިނުވާތީ، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ ކުލި 5600ރ އަށް ހަދައި، އިންޓީރިއާ ފިނިޝިންއަށް ހޭދަވާ ގްރޭސްޕީރިއަޑް 12 މަހަށް ހެދުމުގެ އިތުރުން ޖުމްލަ އަގުން އިންޓީރިއާއަށް ހޭދަވާ 100،000ރ މަޢާފްކޮށްދިނުމަށް ފްލެޓް ލިބުނު 2177 މީހުން ސޮއިކޮށް 1 ޖޫން 2021 ގައި ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ހިޔާ ޔޫނިއަނުން ރައީސް އޮފީހާއި، ހައުސިން މިނިސްޓްރީ އަދި އެޗްޑީސީއާއެކު ފާއިތުވީ 2 މަސް ދުވަހު ކުރެވުނު މަސައްކަތްތަކުން އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ.



ރައީސް ޔާމިންގެ ވެރިކަމުގައި ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 7،000 ހައުސިން ޔުނިޓުގެ ކުއްޔަކީ 8،500 ރުފިޔާ ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ހިޔާ ފުލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅައިފައިވަނީ 5600 ރުފިޔާއެވެ. ހައުސިން މިނިސްޓަރު މުހަންމަދު އަސްލަމް ވިދާޅުވެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ބިނާކުރި ފުލެޓުތަކުގެ ހިސާބު ކުރީގެ ސަރުކާރުން ހަދާފައިވަނީ މުޅިން ގޯސްކޮށް ކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7500ރ ދައްކާގޮތަށް ކަމަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1،000ރ. ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެހެން ނަމަވެސް ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަންނުޖެހޭ ގޮތަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެެެވެ. އެޗްޑީސީން ބުނީ މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައިނުވާ ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށާއި އަދި، ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭނެކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން