މި މަހުގެ 10 ވަނަ ދުވަހު ފެށޭ ދިރާސީ އައު އަހަރުގައި ކިޔަވައިދޭނީ އާންމު ހާލަތާ އެއްގޮތަށް ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޢަލީ ސޮއި ކުރަށްވައި ނެރުއްވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ސުކޫލުތަކުގައި ކިޔަވައިދޭނީ ކުރިންވެސް އާންމު ހާލަތުގައި ކިޔަވައިދިން ދަންފަޅިތަކަށް ކަމަށެވެ. ނަމަވެސް ފުރަތަމަ ދެ ހަފްތާގައި މާލެ ސަރަހައްދުގެ ސުކޫލުތަކުގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެކި ގުރޭޑުތަކުގެ ކުދިން ސުކޫލަށް ދާ ގަޑި ތަފާތުކުރުމަށް މިނިސްޓްރީން އަންގާފައިވެއެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލު ކުރުމަށްޓަކައި، ކުލާސްތަކުގެ ދޮރުތައް ހުޅުވައި ވައި ދައުރުވާނެހެން ބެހެއްޓުމާއެކު، ކުލާސްތައް ތަރުތީބުކުރުމާއި، އަދި ކިޔަވައިދިނުމުގައިވެސް ކުދިންގެ މެދުގައި ގައިދުރުކަން ބެހެއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަން މިނިސްޓްރީން އަންގާފައިވެއެވެ.
އޭގެ އިތުރުން ސުކޫލަށް ކިޔަވަންދާ ދަރިވަރުންނަށް މާސްކު ބޭނުންކުރުމުގެ އިތުރަށް ފޭސް ޝީލްޑުވެސް ބޭނުންކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ސުކޫލަށް ވަނުމުގެ ކުރިން ސެނެޓައިޒްކުރުމަށާއި ހުން ބެލުމަށް ވަނީ ހަމަޖެހިފައެވެ.
13 ނުކުތާގެ މައްޗަށް އެކުލަވާލާފައިވާ ސަރކިއުލާގައި ބުނެފައިވަނީ، ސްކޫލްގެ އިތުރު ޙަރަކާތްތައް ފެށޭނީ ޢުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުންނަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަވުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު