ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
މި ސަރުކާރު ދަބަރު ޖަހައި ބާދަގަނޑަށް ވެއްޖެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންނެވި މަލީހު މިއަދު ވިދާޅުވީ، 3 އަހަރުވީއިރު ކަމެއް ނުކުރެވި މި ސަރުކާރު ދަބަރު ޖަހާޖަހާ ބާދަގަނޑަށްވެއްޖެ ކަމަށެވެ. އަދި ނީލަމުގައިވެސް މިސަރުކާރު ނުވިކޭނެ ކަމަށް މަލީޙް ވިދާޅުވިއެވެ.

"ދެން ކޮންކަމެއް ކުރެވޭތޯ ދައްކަންތޯ ރައީސް ޔާމީނަށް އަނިޔާކޮށް ޖެއްސުން ތިޔަކުރައްވަނީ؟ އެލްސީއީ އިންތިޚާބުގައި އެމްޑީޕީ ބޮޑުބަލިވުމީ އަނިޔާކުރަން ޖެހޭ ސަބަބެއް ނޫން." މަލީޙް ވިދާޅުވެފައިވެއެވެ.



މިހާރުގެ ކޯލިޝަން ސަރުކާރު ގެންނަން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި މަލީހު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ގޮވާލައްވާފައި ވަނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށެވެ. އަދި 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް މަލީހު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން