ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ކ) އާއި، ޢަބްދުﷲ ކަމާލުއްދީން (ވ)
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ކ) އާއި، ޢަބްދުﷲ ކަމާލުއްދީން (ވ)
ޤައުމީ އެއްބަވައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީނަށް ހުއްދަދޭން އިލެކްޝަނުން މިއަދު ނިންމައިފި އެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ކަމާލުއްދީން މީގެކުރިން ހުށައެޅުއްވި ފޯމް ބާތިލުވީ ރައީސް މައުމޫންގެ އެމްއާރުއެމްގައި އޭނާގެ ރަޖިސްޓްރީ އޮތުމުންނެވެ. ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދާކަށް ހުށައެއްނޭޅޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ޢަބްދުﷲ ކަމާލުއްދީނަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފައިވާ ކަމަށެވެ.



ކުރީގެ ޑީއާރުޕީ އަދި ފަހުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްގައިވެސް އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ކަމާލުއްދީން އައު ޕާޓީއެއް ހަދަން ހުށަހެޅީ އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެއެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

އަބްދުﷲ ކަމާލުއްދީން، (އޭކޭ) އައު ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތްކުރަމުންދާއިރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރަށްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން