އަހުމަދު ޝާހް   2 އޯގަސްޓު 2021 - 22:46
ކޯވިޑަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރ. އުނގޫފާރަށް އަރައި ފޭބުން އެޗްޕީއޭއިން މަނާކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. އުނގޫފާރަށް އަރައި ފޭބުން މަނާކުރީ ރަށުން ނެގި ސާމްޕަލެއްގެ ނަތީޖާ ލިބުނު އިރު ޕޮޒިޓިވްވެފައިވާތީއެވެ. މީގެ ކުރިންވެސް ޕޮޒިޓިވް ކޭސް ފެނިގެން 3 ފަހަރެއްގެ މަތިން އުނގޫފާރު ވަނީ މޮނިޓަރިން އަށް ލައިފައެވެ.

ރ. އުނގޫފާރު އެޗްޕީއޭއިން މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ އެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ނިމެންދެނެވެ.

އުނގޫފާރާއެކު، މިވަގުތު ރާއްޖޭގެ 14 ރަށެއް އޮތީ މޮނިޓަރިންގައެވެ.



ކިޔުންތެރިންގެ ހިޔާލު