ޑރ. އިޔާޒް
ޑރ. އިޔާޒް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އިން ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރެއްވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް އެމަގާމުން ވަކިކުރުމުން، އެ މައްސަލަ އޭނާ ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށައަޅާފައެވެ. އެ މައްސަލާގައި ޓްރައިބިއުނަލުން ނެރެފައިވާ އަމުރުގައި ވަނީ، ޔުނިވާސިޓީގައި ޑރ. އިޔާޒް އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރު މުވައްޒިފަކު ނުނެގުމަށެވެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސްގެ މަޤާމުގައި ހުންނެވި ޑރ. އިޔާޒް މިއަދު ވިދާޅުވީ، ދަތި އުނދަގޫ ވަގުތެއްގައި ކެތްތެރިކަމާއި އެކު ރައީސް ޞާލިޙް ގައުމުގެ ހުންގާނު ހިފެހެއްޓެވީ ވަރަށް ވެސް ފުރިހަމައަށް ކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



ޑރ. އިޔާޒު މިމޭރުމުން ވިދާޅުވެފައިވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ވިދާޅުވީ މިވަގުތަކީ ސަރުކާރަށް އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް އެހީތެރިކަން ދީގެން މި ދަތި ހާލަތުން އަރައިގަނެވޭތޯ އެންމެން އަތުކުރި އޮޅާލަންވީ ވަގުތު ކަމަށެވެ. އަދި މިފަދަ ހައްސާސް ވަގުތެއްގައި ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ނުކުމެ، 2023 ގެ ރިޔާސީ ރޭހުގައި ކުރި ހޯދައި ވެރިކަން ހޯދުމުގެ ނިޔަތުގައި ސަރުކާރު ބަލިކޮށްލައި މިދަނޑިވަޅުގައި ސަރުކާރުން އަޅަމުން ގެންދާ އުނދަގޫ ފިޔަވަޅުތައް އެޅުމަށް އިތުރަށް ދަތިކޮށް ރައްޔިތުން ބައިބައި ކުރުމަށް ނުކުމެ މަސައްކަތް ކުރުމަކީ ޖޭޕީގެ ވިސްނުމެއް ނޫން ކަމުގައި ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ވެސް ގާސިމް ވިދާޅުވީ މިއަދުވެސް ޖޭޕީ ކޯލިޝަންގައި ދެމިއޮތީއަކީ ކޮންމެހެން އެއްބަސްވުމާއި އެއްގޮތަށް ކޯލިޝަނުން ލިބެންވާ މިންވަރު ލިބިގެން ނޫންކަމަށާއި އަދި ޕާޓީއަށް މާބޮޑު ފައިދާތަކެއް ވެސް މޮޅެއްވެސް ލިބޭތީއަކީ ނޫންކަމަށެވެ. ޖޭޕީ ކޯލިޝަންގައި ދެމި އޮތީ ގައުމީ މަސްލަހަތު އިސްކުރާތީ ކަމުގައި ގާސިމް އިބްރާހީމް ވިދާޅުވިއެވެ.

ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އިޔާޒު ވިދާޅުވި ނަމަވެސް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ވަނީ 2023 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދސެވުމަށް ޕްރައިމަރީގައި ވާދަކުރަށްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން ރަސްމީކޮށް މިކަމުގައި ވަކި އެއްޗެއް ބުނެފައެއް ނެތެވެ. އަދި ރައީސް ޞާލިހުވެސް 2023 ގެ ރިޔާސީ އިންތިޚާބާ ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

މިއަދި

12-Aug-2021

ވަޒީފާއަށް ބިރުން ވައިޖަހަންފެށީ


0

ކިނބޫ

12-Aug-2021

nasheed ah jehifa hunna kahala bayyeh jehifa hunna meeheh mives


12

ކިބުރޭ

12-Aug-2021

އެޭރުންތަ އަބިމިިިިީހާގެ ވަޒިިީފަަާދެމެހެއްޓޭނީ


9

މަނިކެ

12-Aug-2021

ތިޔަ ނަޝީދުއާއި ދެކޮޅަށް މީދަލެއް ނިކުތަސް އަހަރެމެން ވޯޓުއަޅާނީ މީދަލައް. ތިޔަ ނަޝީދަށް ދައްކާލަންވާނެ އޭނާގެ ފަހަތުގައި ތިބި އަދަދު. ލަދުގަންނަވާލާނަން މިފަހަރު



ޓްރެންޑިން