ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ވ)
ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ (ކ) އާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް (ވ)
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ޤައުމީ ކެމްޕެއިންގައި ބައިވެރިވުމަށް ދިން ދައުވަތު ޤަބޫލު ނުކުރާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމުން ވެސް ބުނެފިއެވެ.

ޕީޕީއެމުން ހިންގާ ޤައުމީ ޙަރަކާތުގައި ބައިވެރިވުމުގެ ދަޢުވަތު އެޕާޓީން ވަނީ ސަރުކާރު ކޯލިޝަންގެ ޕާޓީތަކަށް ފޮނުވާފައެވެ. ޕީޕީއެމުން ބުނެފައިވަނީ، ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި މިކަމާ ދެކޮޅަށް ކޮންމެ ދިވެހި ރައްޔިތަކުވެސް ބަސްބުނަން ޖެހޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ޢުމަރު ނަސީރާއި، ކާނަލް ނާޒިމާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް މި ކެމްޕޭނުގައި ބައިވެރިވުމަށް ޕީޕީއެމުން ވަނީ ދައުވަތު ދީފައެވެ.

މީގެ ކުރިން މިޙަރަކާތުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީންވެސް ވަނީ ދެކޮޅު ހަދާފައެވެ. އެމްއާރުއެމްގެ ސެކްރެޓެރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ ސަރުކާރު ކޯލިޝަނުން ވަކިވެގެން ގައުމީ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް އެޕާޓީން ތާއީދު ނުކުރާނެ ކަމަށެވެ.

ޕީޕީއެމުން ޤައުމީ ޙަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީ ގެ ރައީސް އަބްދުއްރަހީމްް އަބްދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ، ގައުމުގައި ވެރިކަންވެސް ކުރެވޭނީ، މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ގައުމު ދެމިއޮވެގެން ކަމަށެވެ. ޕީޕީއެމުން ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައި މިވަނީ، އިންޑިއާއިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަމުންދާކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ޙަރަކާތެއް ހިންގުމަށް ފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން