ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް މަލާމާތް ނުކުރުމަށާއި، ޖާބިރަށް އެހީތެރިވުމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ގޮވާލައްވައިފިއެވެ.

މެންބަރު ޖާބިރު މިއަދު މެންދުރު ވަނީ ރައްޔިތުންގެ މަޖިލީސްކުރާގޭގެ ދޮރުމަތީގައި ގިނިކަންޏާ މުޒާހަރާއެއް ކުރަށްވާފައެވެ. ގަދަ ހޫނުގައި މަޖިލީސް އިދާރާގެ ކުރިމަތީގައި އިށީނދެ އިންނަވައި ޖާބިރު ގޮވާލައްވާފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ހާޒިރު ކުރުމަށާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މަޤާމުން ވަކި ކުރުމަށެވެ. އެ ސަރަޙައްދަށް ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސަޢީދުވެސް ވަޑައިގެންނެވިއެވެ. ނަމަވެސް ދިޔާނާ ފަހުން ވަނީ އެ ސަރަޙައްދު ދޫކޮށް ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން މެންބަރު އުޝާމް މިއަދު ވަނީ ޖާބިރަށް ފުރައްސާރަ ނުކުރަން އެދިވަޑައިގެންފައެވެ. އަދި އެފަދަ އަމަލުތަކަށް ހިތްވަރު ނުދިމަށްވެސް އުޝާމް ގޮވާލައްވާފައި ވެއެވެ. މީގެ ދުވަސްކޮޅެއް ކުރިން ޖާބިރާއެކު މަސައްކަތް ކުރެއްވި ކަމަށާއި ޖާބިރަށް އެހީތެރިކަން ބޭނުންވާ ކަމަށް އުޝާމް ވިދާޅުވިއެވެ. ނަމަވެސް ޖާބިރަށް ބޭނުންވަނީ ކޮންބާވަތެއްގެ އެހީތެރިކަމެއްކަން އުޝާމް ސީދާ ވިދާޅުވެފައެއް ނުވެއެވެ.

މެންބަރު އުޝާމް ވަނީ، ޖާބިރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޖާބިރުގެ އާއިލާއިން އޭނާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

މެންބަރު އުޝާމަށް "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ހުއްދަ އީސީން ދީފައިވާއިރު، އެޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ގެންދިއުމުގެ މަސައްކަތް އެޕާޓީން ގެންދަނީ ކުރަމުންނެވެ. މިހާތަނަށް މަޖިލީހުގެ 5 މެންބަރަކު ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ށަހޫ

12-Aug-2021

ހާދަ ނުކެރުނޭ ދޯ ދިޔަ ބައެއްގެ ނަން ކިޔާލަންވެސް



ޓްރެންޑިން