ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އާ ޙަވާލާދީ ރިޕޯޓްކޮށްފައިވަނީ، ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެދަށުން ކަމަށެވެ. އެގޮތުން މިދިޔަ ހަފުތާގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން އުޅުއްވިއިރުވެސް ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ޖާބިރަށް ދަތުރުނުކުރެވުނުކަމަށް ހަނަފީ ވިދާޅުވިއެވެ.

މެންބަރު ޖާބިރު މިއަދު މެންދުރު ވަނީ ރައްޔިތުންގެ މަޖިލީސްކުރާގޭގެ ދޮރުމަތީގައި ގިނިކަންޏާ މުޒާހަރާއެއް ކުރަށްވާފައެވެ. ގަދަ ހޫނުގައި މަޖިލީސް އިދާރާގެ ކުރިމަތީގައި އިށީނދެ އިންނަވައި ޖާބިރު ގޮވާލައްވާފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ހާޒިރު ކުރުމަށާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ މަޤާމުން ވަކި ކުރުމަށެވެ. އެ ސަރަޙައްދަށް ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސަޢީދުވެސް ވަޑައިގެންނެވިއެވެ. ނަމަވެސް ދިޔާނާ ފަހުން ވަނީ އެ ސަރަޙައްދު ދޫކޮށް ވަޑައިގެންފައެވެ.

ނަމަވެސް ޖާބިރު މިއަދު މުޒާހަރާ ކުރެއްވި ސަބަބު ސާފުވާގޮތް ވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން