ރައީސް ޔާމީންގެ ވަކީލުންގެ ޓީމް
ރައީސް ޔާމީންގެ ވަކީލުންގެ ޓީމް
ރައީސް ޔާމީންގެ މައްޗަށް ތަޙުޤީޤު ހިންގާ ފަރާތްތަކުން މުސްތަޤުބަލުގައި ޒިންމާ ނަގަން ޖެހޭނެ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރާއި ބައިއަތު ހިފާފައިވާ ފަރާތްތައް އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދައިގެން ތަހުގީގު ކުރުމުގެ ނަމުގައި ސުވާލުކުރުމަށް ހާޒިރު ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހުގީގީ އިދާރާތަކުގެ އޮފިޝަލުން މިފަދަ ނޭއްގާނީ އަދި ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމަކީ މުސްތަގުބަލުގައި ޒިންމާ ނަގަންޖެހޭނެ އަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ރައީސް ޔާމީން "މަރު ކޮމިޝަނަށް" ޙާޟިރު ކޮށްފައިވާ މައްސަލާގައި ވަކީލުން ނެރުނު ބަޔާނުގައި ވަނީ، އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އެއްވެސް ހާލެއްގައި ހަރުދަނާ އެއްވެސް ހެއްކެއް ހުރެގެނެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް އެ ކޮމިޝަނުން ކުރާ ތުހުމަތަކީ ރިޟުވާން ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށްވާ ނަމަވެސް އެމަނިކުފާނު އެޅުއްވީ ކޮން ހުރަހެއް ކަމެއް އަދި ހުރަސްއަޅުއްވަން އެމަނިކުފާނު ކުރެއްވީ ކޮންކަމެއް ކަމެއް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައިނުވާތީ، ޖުމުލަގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ މައްސަލައިގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތެއް ނުވަތަ ދައްކަންޖެހޭ ވާހަކައެއް ނެތް ކަމުގައި ކޮމިޝަނުގެ ތަހުގީގުގައި ރައީސް ޔާމީން ދަންނަވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަން ކުރައްވާފައި ވާނީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދެއްދީ އެންގުމެއް އަންގާފައި ނުވާ ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


3

مريم محمد

12-Aug-2021

މިއީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ ސިލްސިލާ މަޝްވަރާ އެއް ވެރިކަމެއްގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ އަމަލުތައް މިހާރުން މިހާރަށް މިކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ


10

ޢހަ

12-Aug-2021

މިއާލާތުންނެއް ނޫންތަ ޒިންމާ ނަގަން ޖެހޭނީ. އެގިހުރެ ގައުމު ދަވާލި މީހަކު ހިމާޔަތް ކުރަން މިއުޅެނީ



ޓްރެންޑިން