ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މއ. ކިނބިގަސްދޮށުގޭ ދޮށަށް ވަޑައިގެން އެގެއާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން ވިދާޅުވެފައިވަނީ، އެގެއާ ހަވާލުވެ ވަޑައިގެން މިހާރު ހުންނެވީ އޭނާ ކަމަށެވެ.

ޖާބިރުވަނީ ކިނބިގަސްދޮށުގޭ ދޮރުމަތީގައި އޮތް ވެޔޮ ގަނޑަށްވެސް މިއަދު ގެއްލުން ދީފައެވެ. އަދި ސީޕީ ޙަމީދާއި، ރައީސް ޞާލިޙްގެ އިސްތިއުފާއަށްވެސް ޖާބިރު ގޮވާލެއްވިއެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނެފައިވަނީ، ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެކުރިންވެސް ޖާބިރު ވަނީ ރައީސް މައުމޫން އޭނާގެ އަތުން މިލިއަނުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ފުލުހަށާއި ކޯޓަށް ވެސް މައްސަލަ ހުށައަޅުއްވާފައެވެ. ނަމަވެސް ފަހުން ކޯޓުން މައްސަލަ ނެންގެވީ ވެސް އޭނާ އަމިއްލައަށެވެ. މިއީ މިނޫނަސް ދޭތެރެ ދޭތެރެއިން ޖާބިރު ދައްކަވާ ވާހަކައެކެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ތިމަންނަ

12-Aug-2021

މިއީ ހަމަ މީހެއް ބާ.....



ޓްރެންޑިން