ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު (ކ) އާއި ކުރީގެ ރައީސް މައުމޫން (ވ)
ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދު (ކ) އާއި ކުރީގެ ރައީސް މައުމޫން (ވ)
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަ ބެއްލެވުމަށް، ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސަޢީދު ގޮވާލައްވައިފިއެވެ.

ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އިއްޔެ މއ. ކިނބިގަސްދޮށުގޭ ދޮށަށް ވަޑައިގެން އެގެއާ ހަވާލުވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، އެގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ދިޔާނާ މިއަދު ވިދާޅުވީ، ޖާބިރުގެ މައްސަލަ ބައްލަވާއިރު ރައީސް މައުމޫން، ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަވެސް ބައްލަވަންވާނެ ކަމަށެވެ. ޖާބިރު ގެންދަވަނީ ރައީސް މައުމޫން އޭނާއަށް 29 މިލިއަން ރުފިޔާ ދެއްވަން ޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"މައްސަލަ ފުލުހުންނަށް ހުށަހެޅިތާ އެތައްދުވަހެއް ވެއްޖެ. މައުމޫނަށް ލިބިވަޑައިގެންނެވި ގެއްލުމެއް ވިއްޔާ ބެލިފަ، މައުމޫން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް." ދިޔާނާ ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫން، ޖާބިރު އަތުން ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާއާއި ގުޅޭގޮތުން ހެއްކެއްގެ ގޮތުގައި ލިޔެކިޔުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައެއް ނެތެވެ. އެފަދަ ލިޔެކިޔުމެއް ފެންނަން ނެތް ނަމަވެސް، ޖާބިރު ވަނީ މުއާމަލާތް ހިންގާފައިވަނީ އެތައް ބައެއްގެ ހާޒިރުގައިކަމަށް ވިދާޅުވެފައެވެ.

އެ މައްސަލަ ދިޔާނާގެ ފަރާތުން ފުލުހަށް ހުށައަޅުއްވާފައި ވާއިރު، ފުލުހުންނަށް ދިޔާނާ ހުށައެޅުއްވި މައްސަލާގައިވަނީ، އެ ކަމަނާގެ ފިރިކަލުން، ޖާބިރުގެ އަތްޕުޅުން ރައީސް މައުމޫން ނެންގެވި 29 މިލިއަން ރުފިޔާގެ ބޮޑު ބައެއް ރައީސް މައުމޫނާ ހަވާލު ކުރަން ޖާބިރު ދެއްވީ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސްގެ އަތްޕުޅަށް ކަމަށެވެ. އެ ގޮތުން، 29 މިލިއަން ރުފިޔާގެ ތެރެއިން 24 މިލިއަން ރުފިޔާ މައުމޫން ވިދާޅުވެގެން ދަރިކަލުން ފާރިސާއި ހެކިން ހިމެނޭ ގޮތަށް ހަވާލު ކޮށްފައިވާކަމަށް ދިޔާނާ ވިދާޅުވެފައިވެއެވެ.

އެ ފައިސާ ހަވާލު ކުރުމުގެ ކުރިން މެލޭޝިއާގައި މައުމޫނާއި ފާރިސް އެ ފައިސާ ހޯއްދެވުމަށް ޖާބިރާއެކު ބޭއްވި ބައްދަލުވުމުގައި ދިޔާނާ ވެސް އިންނެވި ކަމަށާއި ގެރެންޓީއެއްގެ ގޮތުގައި މައުމޫނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގޭގެ ރަޖިސްޓަރީ ދެއްވަން ރައީސް މައުމޫން ހުށަހެޅުއްވި ކަމަށްވެސް ދިޔާނާ ވިދާޅުވި އެވެ.

މިމައްސަލަ ޖާބިރު ކުރިން ވެސް ހުށައެޅުއްވި އެވެ. ނަމަވެސް ޖާބިރުގެ މަންމަގެ ހައްގުގައި ކަމަށް ވިދާޅުވެ މައްސަލަ އޭރުވަނީ އަނބުރާ ނަންގަވާފައެވެ. ނަމަވެސް އޭގެ ފަހުން ވެސް ޖާބިރު މަޖިލީހުގައާއި މަގުމަތީގައި ރައީސް މައުމޫނާ ދެކޮޅަށް ވާހަކަ ދައްކަވާއިރު އެފައިސާ އަނބުރާ ދެއްވުމަށް ގެންދަވަނީ ގޮވާލައްވަމުންނެވެ. އަދި އެފައިސާ ހޯއްދަވަން ކަމަށް ވިދާޅުވި މިފަހުން ޖާބިރު ހިންގަވާފައިވާ އަމަލު ތަކަކީ ހަމަ ހޭގައި އެފަދަ މީހަކު ހުރެގެން ހިންގާނެ ފަދަ އަމަލުތަކެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


15

މާބައިދޫ ސޮރު

12-Aug-2021

ޖާބިރު 29 ކީއް ކުރަން 1 މިލިޔަން ރުފިޔާ ކުޑަކުދިންގެ ހިޔާ އަށް ހަދިޔާ ކުރެއްވި ނަމަ އަނެއް ދިވެހި ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރައްވާފައިވާ ކަނބަލަކު ރަހުނެއް ގޮތުގައި އަގު ހުރި އެއްޗެއް ނުބަހައްޓާ ދެއްވާފައި ވާތީ އަޅުގަނޑު އެ ކަމަނާ އަށް މީގެ ކުރިން ކުރަމުން އައި އިޙްތިރާމް އަނބުރާ ގެނެސް ފީމެވެ.



ޓްރެންޑިން