ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު
ޑީއާރުޕީގެ ލީޑަރ ޢަބްދުﷲ ޖާބިރު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލުމުން މިއަދު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓުން ބަލަމުންދާ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

ފާއިތުވި ދެދުވަހު ޖާބިރު ވަނީ ވަރަށް ބޮޑަށް މީޑިއާގެ ސަމާލުކަން ހޯއްދަވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނެވުމާއި، ރައީސް މައުމޫންގެ މއ. ކިނބިގަސްދޮށުގޭ ދޮށަށް ވަޑައިގެން އެގެއާ ހަވާލުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެ، އެގެއަށް ގެއްލުން ދެއްވައި، ހަމަނުޖެހޭ ވާހަކަތަކެއް ޖާބިރު ދައްކަވާފައި ވެއެވެ.

ޖާބިރުގެ ޢަމަލުތަކާ ގުޅިގެން މަޖިލީހުގެ ސުލޫކީ ކޮމިޓީގެ މުޤައްރިރު ޔާސިރު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން