ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
އެމްޑީޕީ ދެކޭގޮތާ ގުޅޭގޮތުން ސަރުކާރުން ވިސްނާނެ ކަމަށް ޤަބޫލުކުރަށްވާ ކަމުގައި އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު މާލެ ވަޑައިގެންނެވުމަކީ ރުހިވަޑައިގަންނަވާ ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕާސަން ދެކެވަޑައިގަންނަވާ ގޮތާ ދޭތެރޭ އެމަނިކުފާނު އަބަދުވެސް ވިސްނަވާނެ ކަމަށެވެ.

އަންނަމަސް ނިމުމުގެ ކުރިން މާލެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް ރައީސް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޙަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު މާލެ ވަޑައިގަންނަވަން ވާނީ މަޖިލީހުގެ އިންކުއަރީ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމާއި ގުޅޭގޮތުން ސަރުކާރުން އަމަލުކުރަން ރާވާފައިވާ ގޮތް އެނގުމުން ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، "ސަރުކާރުންވެސް އެމްޑީޕީ ދެކޭގޮތާ ގުޅޭ ގޮތުން ވިސްނާނެ" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.



މެއި 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތުގައި ހުންނެވުމަށްފަހު މިހާރު ރައީސް ނަޝީދު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

އޮންލައިން ފޯރަމެއްގައި ބައިވެރިވެވަޑައިގެން އިއްޔެ ހަވީރު ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ސެޕްޓެމްބަރުގައި މާލެ ވަޑައިގަންނަވާނެކަމަށެވެ. އަދި މެއި 6 ގައި ދިން ހަމަލާއަކީ، އެހަމަލާ ހިންގި މީހުންނާ ހަމައިން އެކަނި ނިމޭނެ ކަމެއް ނޫންކަމަށާއި، އެއީ ބޮޑު ނެޓްވޯކަކުން ކޮށްފައިވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެ އެންމެން ހައްޔަރުކޮށް ފިޔަވަޅު އެޅިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދުރުމި

12-Aug-2021

ނަޝީދު ،ކަލެއާހުރެ ފޮރުއްޕާކަށް ނެތޭ.



ޓްރެންޑިން