މާލޭގެ މަގުތައް ބެލެހެއްޓުމުގައި ފުލުހުން ޙަރަކާތްތެރިވަނީ
މާލޭގެ މަގުތައް ބެލެހެއްޓުމުގައި ފުލުހުން ޙަރަކާތްތެރިވަނީ
ގިނަބަޔަކު ބައިވެރިވެގެން ޕާޓީތަކާއި ހަފްލާތައް، ބޭއްވުމަށް ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްޕީއޭ)އިން ހުއްދަ ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިހާރު ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ގިނަބަޔަކު ބައިވެރިވެގެން ޕާޓީތަކާއި ހަފްލާތައް، ބޭއްވުމަށް ހުއްދަ ދީފައިވާކަން އިޢުލާނުކޮށްފައެވެ.

ޑރ. ނަޒްލާ ރަފީޤް މިއަދު ވިދާޅުވީ، ޕާޓީތަކާއި ހަފްލާތައް، މީހުންގެ އަދަދު ކަނޑަނާޅާ ގޮތަށް ބޭއްވުމަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ޙަފްލާތައް ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް ޢަމަލުކުރަން ޖެހޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން