ޤައުމީ ޔުނިވަރސިޓީ
ޤައުމީ ޔުނިވަރސިޓީ
ޔުނިވާސިޓީތަކާއި ކޮލެޖްތައް ހުޅުވައި، ދަރިވަރުން ހާޒިރުވާ ގޮތަށް ކުރިއަށްގެންދެން ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްޕީއޭ)އިން ހުއްދަ ދީފިއެވެ.

އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ސްކޫލުތަކާއި ކޮލެޖް ޔުނިވާސިޓީތައްވެސް މިމަހުގެ 6 ވަނަ ދުވަހުގެ ފެށިގެން ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ވަނީ މިލުއިތައް ދިންނަމަވެސް ސްކޫލުތައް ހުޅުވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން