މާލޭގައި ހިންގާ ކެފޭއެއް
މާލޭގައި ހިންގާ ކެފޭއެއް
ރެސްޓޯރެންޓުތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިހާރު ކުރިޔަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ކެފޭ ރެސްޓޯރެންޓްތަކުގައި އާންމު އުސޫލުން ހިދުމަތް ދިނުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

އެގޮތުން މާދަމާއިން ފެށިގެން ކެފޭ ރެސްޓޯރެންޓް ތަކުގައި، އާއްމު ޙާލަތާއި އެއްގޮތަށް ކާބޯތަކެތީގެ ހިދުމަތް ދިނުމަށް ހުއްދަ ދެވިގެންދާނެއެވެ. ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ، ކެފޭ ރެސްޓޯރެންޓް ހިދުމަތްދޭ ތަަންތަން ހުޅުވާފައި ހުންނަ ގަޑިތަކަށް އެކި ދުވަސްތަކުގެ މަތިން ވަނީ ބަދަލު ގެނެސްފައެވެ. ނަމަވެސް މިއީ އާއްމު އުސޫލަކުން އެތަންތަނުން ހިދުމަތްދިނުމުގެ ހުއްދަ ދިން ފުރަތަމަ ފަހަރެވެ.

ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި މިހާރު ބެހެއްޓޭ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9:00 އަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން