ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް
ޕްރައިވެޓް އޮފީސްތަކަށް މުވައްޒަފުން ނެރެގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މާދަމާއިން ފެށިގެން އޮފީސްތަކަށް މުވައްޒަފުން ނެރެގެން ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

ނަމަވެސް ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އޮފީސްތަކުގައިވެސް އަޅަންޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޮފީސްތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ނިންމުމާއި ގުޅިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ ހުރިހާ އޮފީސްތަކަށްވެސް މުވައްޒަފުން ހާޒިރުވެގެން ޚިދުމަތް ދެމުންދާނެއެވެ.

ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާކަމަށާއި މިހާޜު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން