ޕީސީއާރު ޓެސްޓް ނުހަދައި ދަތުރުކުރެވޭނެ ގޮތްތަކެއް ކަނޑައަޅައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޯވިޑް-19 އާ ގުޅިގެން މިހާރު ޢަމަލުކުރަމުންދާ އުސޫލަށް އިތުރު ލުއިތަކެއް ދީފައިވާކަން އިޢުލާނު ކޮށްފައެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގެ ހާލަތު ނިއުނޯމަލްގައި އޮތުމުން އައު އާންމު ހާލަތާއިއެކު އުޅުމަށް ގިނަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ވެކްސިން ޖަހާ އުމުރަކަށް ވެގެންދާނީ 12 އަހަރުން މަތި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އާބާދީގެ ފަސް ޕަސަންޓަށް ވުރެ މަދުން ކޯވިޑް-19 ގެ ބަލީގެ މީހުން ތިބި ރަށަކުން، 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސަންޓް ރައްޔިތުން ވެކްސިން ފުރިހަމަކޮށްފައިވާ ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓަކާ ނުލައި ސެޕްޓެމްބަރު އެކަކުން ފެށިގެން ދަތުރުކުރެވޭނެ ކަމަށެވެ. އަދި އެ މީހަކު ދަތުރުކުރާ ރަށެއްގެ އާބާދީގައި ހިމެނޭ 60 އަހަރުން މަތީގެ 95 ޕަސެންޓް މީހުންނާއި، އެ ރަށެއްގައި ގެސްޓްހައުސް ހިންގާނަމަ އެ މަސައްކަތުގައި ބައިވެރިވާ ޖުމްލަ މުވައްޒަފުންގެ 95 ޕަސެންޓް މުވައްޒަފުން ވެސް ވެކްސިން ފުރިހަމަ ކުރަންޖެހެ އެވެ.
މީގެކުރިން ބަލި އުޅޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ޓެސްޓެއް ހަދަން މަޖުބޫރުކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު