ބްރޯޑްކޮމްގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
ބްރޯޑްކޮމްގެ ބައްދަލުވުމެއް ކުރިޔަށް ދަނީ
މީޑިއާތަކުން ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނަސޭޙަތްތެރިވެއްޖެއެވެ.

ބްރޯޑްކޮމުން މިއަދު ބުނެފައިވަނީ ރާއްޖޭގެ މީޑިއާ އަކުން ރޭ ގެނެސްދިން ޕްރޮގްރާމެއްގެ ކޮންޓެންޓް އެ ކޮމިޝަންގެ ސަމާލްކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކޮމުން ބަލަމުން ގެންދަނީ ރާއްޖޭގެ މީޑިއާ އަކުން ގެނެސްދިން ޓޯކްޝޯވ އެއްގައި ޕީޖީ ޝަމީމާ ގުޅޭގޮތުން ދެއްކި ވާހަކަތަކެއްގެ މައްސަލައެވެ.



ބްރޯޑްކާސްޓިން ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ހުރިހާ ބްރޯޑްކާސްޓަރުންވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން