މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ރައްޔިތުންގެ ރައްކާތެރިކަމަށް ހޭދަކުރާނެ ރުފިޔާނެތޭ ބުނުމަކީ ރައްޔިތުންނަށް ކުރާ ފުރައްސާރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ނުރައްކާތެރި ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ހުސްވެ އެކަމަށް ހަރަދު ކުރާނެ ފައިސާ ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވި ކަމަށް އެމްޑީޕީގެ "މެއި6" ކޮމެޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރޭ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ، ސަރުކާރުގެ ތެރޭގައި ތިބެ ބަދަލުގެ ނަމުގައި ގޯނިގޯނީގައާއި، ބަސްތާ ބަސްތާގައި ރުފިޔާ ނެގޭ އިރު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭދަކުރާނެ ރުފިޔާނެތޭ ބުނުމަކީ ރައްޔިތުންނަށް ކުރެވޭ ފުރައްސާރައެއް ކަމަށެވެ.

އޭގެ އިތުރުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ދައުލަތުގެ އެންމެ އިސް ގާނޫނީ ވާޖިބަކީ ރައްޔިތުންގެ މުދަލާ ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އެހެންކަމުން އެކަމަށް ބޭނުންވާ "އެންމެ 2 މިލިއަން ރުފިޔާ ވެސް ނެތްކަމަށް ހޯމްލޭންޑް ސެކިއުރިޓީ އަޑީ ވުޒާރާއިން ބުނުމަކީ ނުރައްކާތެރި ސިގްނަލެއް" ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން "މެއި6" ކޮމެޓީގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ ހޯމް މިނިސްޓަރާއި ބައްދަލުކުރެއްވުމުން ކުށްވެރިންގެ ފައިގައި އަޅުވާ ޓެގް ނެތްކަމަށާއި، ސްޓޮކް ހުސްވެފައިވާކަމަށް ވިދާޅުވެފައި ވާކަމަށެވެ.

އަފީފް ވިދާޅުވީ އެ މައްސަލާގައި ފުލުހުންނާއި ބައްދަލު ކުރެއްވުމުން ފުލުހުންވެސް ވިދާޅުވީ ޓެގް ހުސްވެފައިހުރި ކަމަށާއި، އެހެންނަމަވެސް މޮނިކޮން އަމުރު ނެރެފައިވާ ފަރާތްތަކުގެ ކަންކަން މޮނިޓަރ ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެފައިވާކަމަށެވެ. އަދި މިހާރު ޓެގް ހުސްވެފައި ހުރިނަމަވެސް ޓެގް ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށް އަފީފް ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން